Last Updated: December 24, 21:18
Tuesday, December 24, 2024
ޚަބަރު

ސެލޫންތަކާއި ސްޕާތައް އިންސްޕެކްޓް ކުރަން ފަށައިފި

މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ސްޕާތައް އިންސްޕެކްޓް ކުރަން އެޗްޕީއޭ އިން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ޒާތީ ހިދުމަތްދޭ ތަންތަނުން (ސެލޫން، ސްޕާ ފަދަ ތަންތަން) އާންމުނަށް ހިދުމަތްދޭއިރު އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ދަމަހައްޓާ ގޮތް ދެނެގަތުމަށް ޓަކައި ކުރެވޭ ހާއްސަ އިންސްޕެކްޝަންތަކެއް މި މަހުގެ 9 އިން 19 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެހެންކަމުން އެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާއިރު ސެލޫން އައި ސްޕާ ހިންގާ ފަރާތްތަކުން އެ ކަމަށް އެއްބާރުލެއްވުން ދިނުމަށް ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން ވަނީ އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ އޭޖެންސީގެ ފޯނު ނަންބަރު 3024570 އަށް ގުޅުމަށް އެދިފަ އެވެ.