ގިނަ މީހުންގެ އަޑު އިއްވަނީ ވޯޓުން ކަމަށާއ ޑިފެންސްއަށް ކުޅުން ހުއްޓާލައި ބާކީ އޮތް ހަތަރު އަހަރު ި ސަރުކާރުން ނަތީޖާ ދެއްކުމަމަށް ވެރިކަން ކުރާ ޕީއެންސީ އަަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން (އައްދު) ގޮވާލައްވައިފި އެވެ.
ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހަރަކާތްތައް ބާއްވަން ފެށުމުން އެކަމާ ދެކޮޅަށް ޕީއެންސީގެ މެންބަރުން މިހާރު މާ "ރުންކުރުވެގެން" އުޅޭތި އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައްދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަގުމައްޗަށް ޝުއޫރު ފާޅުކުރަން ނިކުންނަ މީހުންގެ އަދަދަކީ އެނގޭ ކަމެއް ނޫންކަން ޕީއެންސީން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން [ކުރީގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް] އިދިކޮޅުގައި ތިބެގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއިރު މާލެން މަގުމަށްޗަށް ނިކުމެލަން 100 މީހުން ނުވި ދުވަސް ދިޔަ،" އޭނަ ވިދާޅުވި އެވެ. "ހަނދުމަފުޅު ހުންނަވާނެ، އެންމެ މީހުން ނިކުތް ދުވަހަކީ ޕީޕީއެމްގެ ހޯޕް ކޮންފަރެންސް އަށް މުޅި ރާއްޖެއިން މީހުން އައިސްގެން ބޭއްވުނު ރެލީ އެކަނި."
އަޅުގަނޑުގެ ޕީއެންސީ އަހުންނަށް ހަނދުމަފުޅުކޮށް އަރުވަން. ހަގީގަތަކީ، މަގު މައްޗަށް ޝުއޫރު ފާޅުކުރަން ނިކުންނަ މީހުންގެ އަދަދުން އިނގޭ ކަމެއްނޫން، އަޅުގަނޑުމެން އިދިކޮޅުގަ ތިބެގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިއިރު މާލެން މަގުމަށްޗަށް ނިކުމެލަން 100 މީހުން ނުވި… pic.twitter.com/qZFwhQPlXe
— Abdul Rahman (@MpAhdhu) December 11, 2024
އައްދު ވިދާޅުވީ ޔަގީންވާ ކަމަކީ ރައްޔިތުން މިހާރު ތިބީ މި ސަރުކާރާ މެދު ވަރަށް މާޔޫސްވެފައި ކަމަށެވެ. އެގޮތުން ވިޔަފާރިވެރިންނާއި މަސްވެރިން ވެސް ތިބީ އެ ހާލަތުގައި ކަމަށް ވިދާޅުވި އެވެެ.
"ފަރުވާއެއް ހޯއްދަވަން ވަނީ މި މާޔޫސްކަމަށް،" އައްދު ވިދާޅުވި އެވެ. "ގިނަ މީހުންގެ އަޑު އިއްވަނީ ވޯޓުން. ޑިފެންސަށް ކުޅުއްވުން ހުއްޓަވާލައްވާ ކުރައްވަންވީ ކަމަކީ ބާކީ މި އޮތް ހަތަރު އަހަރު ނަތީޖާ ދައްކަވަންވީ."