ސިފައިންގެ ހާއްސަ އަސްކަރީ ތަމްރީމެއް އަންނަ ހަފުތާގައި ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީނު ކުރިއަށް ދާނީ މި މަހުގެ 15-19 އަށެވެ.
މި ތަމްރީނު ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ހަވީރު 06:00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް ބޭރުގައި ކަނޑުމަތީގަ އެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ބޭރުން 5،000 މީޓަރު ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.