Last Updated: January 14, 06:36
Tuesday, January 14, 2025
ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުވާން އެދިއްޖެ

ހައުސިން މިނިސްޓްރީގައި ރޯވެ، އެ ސަރަހައްށް ބޯ ދުމުގެ އަސަރުކޮށްފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ސަމާލުކަން ދެންވީ ކަންތައްތައް:

* ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން
* ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން
* ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
* ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދު ކުރުން
* ނޭވާ ކުރުވުން/ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ

މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެންމެ ފުރަތަމަ ރޯވީ ދަގަނޑާއި ޓިނާއި ލަކުނޑި ފަދަ ތަކެތި ބޭނުންކޮށްގެން ހަތަރު ބުރިއަށް ހަދާފައި އިރު، ހައުސިން މިނިސްޓްރީގަ އެވެ. އެތަނުގައި ރޯވި އަލިފާންގަނޑި ކޮންޓްރޯލް ނުވެ، ފެތުރި ކައިރީގައި ހުރި، ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި ހާދިސާގައި ހައުސިން މިނިސްޓްރީ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ގިނައިރުތަކެއް ފަހުން އަލިފާންފަނޑު ކޮންޓްރޯލް ކުރެވުނު މި އިމާރާތްތައް ހިމެނޭ ސަރަހައްދުގައި ހުރި އެހެން އިމާރާތްތަކަށް ވެސް ބޯދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެ އެވެ. އަދި މުޅި އެ ސަރަހައްދު އޮތީ ބޯ ދުމުން މިހާރު ތައައްޔަރުވެގަ އެވެ.

އެހެންވެ ހާދިސާ ހިނގި ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.