އިއްޔެ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނޭ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ރޯވެގެން ދިއުމަކީ މުވައްޒަފުންނަށް ގެއްލިގެން ދިޔައީ ދެވަނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަބް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ "ޓިނު ބިލްޑިން" ގައި ހިންގަމުން ދިޔަ އެ މިނިސްޓްރީ އަކީ 2008 އިން ފެށިގެން ވަގުތީ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭނުން ކުރަމުން އައި ތަން ކަމަށެވެ.
"އެތަނުގައި ހުރި ދަތިތަކާ އެކީ ވެސް އެތަން ވެފައި އޮތީ މުވައްޒަފުންގެ ދާއިމީކޮށް މަސައްކަތް ކުރާ ތަނަކަށް. އެހެންވެ އެތަނަކީ ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް ހާއްސަ ތަނަކަށްވެފައި އޮތް ތަނެއް." މުއްތަލިބް ވިދާޅުވި އެވެ.
Tinu Building — originally constructed as the temporary office building to relocate the construction ministry in 2008 — became the permanent workspace and a second home for our dedicated staff. Despite its modest and less-than-ideal conditions, it was a special place for everyone… pic.twitter.com/v4bfKFdRqM
— Abdulla Muththalib (@muththo) December 12, 2024
އެހެންވެ އެތަން ގެއްލުމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ހިތް ހިލާކުވެގެން ދިޔަ ކަމެއް ކަމަށް ވިދާޅުވި އެވެ.
އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހައުސިން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތް އަލުން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
މިކަމާ ގުޅިގެން ތިން މިނިސްޓްރީގެ ހިދުމަތްތައް ވެސް ވަގުތީ ގޮތުން މި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީގެ ހިދުމަތްތައް އަލުން ފަށާނެ އިރެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ތިން މިނިސްޓްރީއެއްގައި ރޯވި މި ބޮޑު އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީގައި ރޯވެ، އަލިފާން ކޮންޓްރޯލް ނުކުރެވި ގިނައިރުތަކެއްވެ، ފެތުރިގެންނެވެ.
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަން ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.