Last Updated: December 22, 05:43
Sunday, December 22, 2024
މުނިފޫހިފިލުވުން

"ޕުޝްޕާ 2" ގެ ބަތަލު ހައްޔަރުކޮށްފި

އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "ޕުޝްޕާ 2" ގެ ބަތަލު އައްލޫ އަރުޖުން މިއަދު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ޓެލަންގާނާ ފުލުހުން އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ރިމާންޑް ސެންޓަރެއްގައި ބަންދުކޮށްފައި ބަހައްޓަން 14 ދުވަސް ޖަހާފައިވާ ކަމަށެވެ.

އައްލޫ ހައްޔަރިކުރީ މި މަހުގެ 5 ގައި ސިނަމާތަކަށް ގެނައި "ޕުޝްޕާ 2" ގެ ސްކްރީނިންއަކަށް އޭނަ ހައިދަރުއާބާދުގެ ސަންދިއާ ތިއޭޓަރަށް މިދިޔަ ހަފުތާގެ ތެރޭގައި ދިއުމުން ތޮއްޖެހި، ހިނގި "ހާޖާނުގަނޑު" ގެ ތެރޭގައި އަންހެނަކު މަރުވުމާ ގުޅިގެންނެވެ. އެ ހާދިސާގައި ރިވަތީ ކިޔާ އަންހެން މީހާގެ ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަންހެން މީހާގެ ފިރިމީހާ އެވެ.

އައްލޫ ހައްޔަ ރުކުރުމުގެ ކުރިން އެ ހާދިސާއާ ގުޅިގެން ސަންދިއާ ތިއޭޓަރުގެ ދެ މުވައްޒަފަކު ވެސް ވަނީ އިހުމާލުވުމުގެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

އައްލޫގެ މައްޗަށް ތުހުމަތު ކުރަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ އެކްޓަރު ސިނެމާ އަަށް ދިއުމަން މީހުންތައް ތޮއްޖެހި، ފުރި ބާރު ބޮރުވެ، ބައެއްގެ ފުރާނަ އަށް ގެއްލުން ވެދާނެކަން އެނގި ހުރެ ފޭނުންނާ ބައްދަލު ކުރަން ސިނެމާ އަށް ގޮސްފައިވާތީ އެވެ.

"ޕުޝްޕާ 2" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އެކަން ފާހަގަކުރަން އައްލޫގެ ފޭނުން އަންނަނީ ފިލްމު އެޅުވި ފަހުން ސިނަމާތަކާއި އެ ނޫން ވެސް އާންމު ތަންތަނުގައި ފޯރި ނަގަމުންނެވެ. މި ފިލްމަކީ އޭނަ އަށް އެންމެ މޮޅު އެކްޓަރު ނެޝަނަލް އެވޯޑް ވެސް 2022 ގައި ލިބުނު "ޕުޝްޕާ" ގެ ސީކްއެލް އެވެ.

ޖުމްލަ 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި"ޕުޝްޕާ 2: ދަ ރޫލް" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 1,067 ރުޕީސް (126 މިލިއަން ޑޮލަރު) ގެެ އާމްދަނީއެއް ލިބިފައިވެ އެވެ.