Last Updated: December 22, 05:43
Sunday, December 22, 2024
ޚަބަރު

ކާރެއްގައި ރޯކުރި ދެ މީހުންގެ ބަންދު އިތުރުކޮށްފި

މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު، 35، އާއި އދ. މާމިގިލި ބްލޫވިންޑް، ހަސަން ނަސީމް، 31، އެވެ.

އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބުރުޒުމަގު ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.