މަގުމައްޗަށް ނިވާކަން ކުޑަ ހެދުން ލައިގެން ނިކުތުން ހުއްޓުވުމަކީ ކަމާއި ބެހޭ ސަރުކާރުގެ އިދާރާތަކުން ކުރަން ޖެހޭ ކަމެއް ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަޙްމަދް ސަމީރް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ޑޮލަރަށް އަޅުވެތިވެ ދީން ވިއްކާނުލުމަށް ވެސް ޝެއިޚް ސަމީރްގެ ފޭސްބުކް މެދުވެރިކޮށް ވަނީ ގޮވާލައިފައެވެ.
" ނިވާކަން ކުޑަކޮށް މަގުމައްޗަށް ނިކުމެ އުޅުމަކީ ކަމާއި ބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެ ކަމެއ. ޑޮލަރަށް އަޅުވެތި ވެ ދީން ވިއްކާ ނުލަމާ " ޝެއިޚް ސަމީރުގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މަގުތަކުގައި މިހާރަކަށް އައިސް ނިވާކަން ކުޑަ ހެދުން އަޅައިގެން ޓުރިސްޓުން އުޅުން އާންމުވެފައިވާއިރު، ބައެއް ދިވެހިން ވެސް ނިވާކަން ކުޑަ ހެދުން އަޅައިގެން މަގުތަކުގައި އުޅެމުންދާއިރު އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.