Last Updated: December 22, 05:43
Sunday, December 22, 2024
މުނިފޫހިފިލުވުން

ރާނީގެ 'މަރުދާނީ 3' އަންނާނީ 2026 ގައި

ބޮލީވުޑްގެ ބަތަލާ ރާނީ މުރަޖީ ފުލުހެއްގެ ރޯލު ކުޅޭ "މަރުދާނީ" ފްރެންޗައިޒްގެ ތިން ވަނަ ބައި 2026 ގައި ގެނެސްދޭން ނިންމިކަން އިއުލާންކޮށްފި އެވެ.

އޭނަގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ޔާޝްރާޖް ފިލްމްސް ވައިއާއެފް) ގެ 2026 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމި ނަމަވެސް ސީދާ އަދި ވަކި ތާރީހއް ހާމައެއް ނުކުރެ އެވެ. "މަރުދާނީ 3" ހަދާނެކަން އެ ސްޓޫޑިއޯ އިން ކަށަވަރުކޮށް ދިނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ތިން ވަނަ ބައި ޑައިރެކްޓްކުރާނީ އަބިރާޖް މިނަވާލާ އެވެ. އޭނަ އަކީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ "ޓައިގާ 3" އާއި "ސުލްތާން" ގެ އިތުރުން ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރްގެ "ގުންޑޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ރާނީގެ ޖެހިލުން ކުޑަ ފުލުހެއްގެ ރޯލު ކުޅެމނުން އަންނަ "މަރުދާނީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2014 ގަ އެވެ. އެ ޑައިރެކްޓްކުރީ އަކީ މިދިޔަ އަހަރު މަރުވި ޕްރަދީޕް ސަރުކާރެވެ. އަދި 2019 ގެ "މަރުދާނީ 2" އަކީ ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވ. މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

ރާނީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ. އެ ފިލްމުން އޭނަ އަށް މި އަހަރުގެ އައިފާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނެވެ.