Last Updated: December 22, 05:43
Sunday, December 22, 2024
ޚަބަރު

އަންނަ އަހަރު މެދުއިމަތީގައި ރާއްޖެ ޕްރޮމޯޓް ކުރަނީ

އަންނަ އަހަރުގެ ތެރޭގައި މެދުއިރުމަތީގައި ރާއްޖޭހެ ޓޫރިޒަމް އިޝްތިހާރު ކުރަން ރޯޑްތަކެއް ބާއްވަން ނިންމައިފި އެވެ.

މި އަހަރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ ޕްރޮމޯޓްކުރަން މިހާތަނަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ އިރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އަންނަ އަހަރަކީ އަރަބި ގައުމުތަކުުގައި ރާއްޖެ ޕްރޮމޯޯޓް ކުރަން އިސްކަން ދޭނެ އަހަރެއް ކަމަށެވެ.

އެގޮތުން ވަކިން ހާއްސަކޮށް ގަލްފްގެ ގައުމުުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރަން ރޯޑްޝޯ ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

"ވަރަށް ފަހުން އަޅުގަނޑުމެންނަށް ބައްދަލުކުރި ގަލްފް އެއާ ބަހްރެއިންގެ އެއާލައިނާ ވެސް އެބޭފުޅުން ވެސް ވަރަށް ސަޕޯޓިވް،" އޭނަ ވިދާޅުވި އެވެ. "އެބޭފުޅުންނާއި ވާހަކަ ދައްކައިގެން އެބޭފުޅުން ވިދާޅުވި ވިދާޅުވުމަކަށް އަޅުގަނޑުމެން މިހާރު ބަހްރެއިން ވެސް އިންކްލޫޑްކޮށްފައި އިންނާނީ."

މި އަހަރުގެ މިހާތަނަށް މެދުއިރުމަތިން 67،224 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.