ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.