އެމްއެމްއޭ އިން އެ އިދާރާގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ "ޑާޓާ އާޓް" މުބާރާތުގައި ވޯޓުދީގެން ގުރުއަތުން ހޮވޭ މީހަކަށް 5،000ރ. ގެ ކޮމަމަރޭޓިވް ނޫޓެއް ދިނުމަށް ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނީ މި މުބާރާތުގެ އެއް މަގުސަދަކީ ތަފާސް ހިސާބު އާޓްވޯކެއް ގޮތަށް ގެނެސް ދިނުން ކަމަށެވެ.
މި މުބާރާތުގެ ސަބަބުން ތަފާސް ހިސާބު ތަފާތު ގޮތަކަށް ކްރިއޭޓިވްކޮށް ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި މީގެ ސަބަބުން ތަފާސް ހިސާބަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މި މުބާރާތުގައި އެމްއެމްއޭގެ ހަ ޓީމް ބައިވެރިވެ އެވެ.
މުބާރާތުގެ އާޓް ވޯކްތަކަށް ވޯޓް ދިނުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވޭނެ އެވެ. ވޯޓް ދިނުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ މެންދުރު 12:00 އާ ހަމައަށެވެ.
ވޯޓު ދިނުމަށް ބޭނުންކުރާނެ ލިންކް: https://www.mma.gov.mv/rc2024/#/vote