ވިލާ ކޮލެޖްގެ އައްޑޫ ހިތަދޫ އާ ކެމްޕަސް މިއަދު އިފުތިތާޙުކޮށްފި އެވެ.
އެތަން އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި އައްޑޫ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން ވިލާ ކޮލެޖްގެ ރެކްޓާ ޑރ.އަޙްމަދު އަންވަރެވެ.
އެ ރަސްމިއްޔާރުގައި އަދި އެކި އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަތެވެ.
ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއިއެކު ޤާޢިމުކުރި، 25 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެކެވެ. މި ކެމްޕަހުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖުން ބުނީ އަމިއްލަ އަތޮޅުތަކުގައި ތިބެގެން މިފަދަ މަތީ ތަޢުލީމު ފޯރުކޮށްދޭ ކެމްޕަސްތަކުން ކިޔެވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
އައްޑޫގައި އަންނަނީ ގައުމީ ޔުނިވަސިޓީގެ ކެމްޕަހަކާއި މައި ކޮލެޖްގެ ކެމްޕަހެއް ވެސް ހިންގަމުންނެވެ.