Last Updated: December 27, 05:44
Friday, December 27, 2024
ޚަބަރު އިލެކްޝަން ކަމިޝަން

އީސީގެ މެންބަރުކަމަށް ހަސީބު އައްޔަންކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަބްދުލްހަސީބު އިސްމާއީލް-- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އަބްދުލްހަސީބު އިސްމާއީލް އައްޔަނު ކުރައްވައިފި އެވެ.

އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަނު ކުރައްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ހަސީބުކުރެއްވިއެވެ. ހަބީދުއަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓާ އަޒްމިރަލްދާ ޒާހިރުއެވެ.

ހަސީބު އިސީއަށް އައްޔަނު ކުރައްވާފައިވަނި އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގަ އެވެ.

އޭނަ އީސީއާ ގުޅިވަޑައިގެންނެވީ ޖެނުއަރީ 2، 2022 ގަ އެވެ. ހަސީބަކީ ކުރިން ފިނޭންސް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ.