Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ޖެނުއަރީ 2 ގައި ސަރުކާރު ބަންދު ވާނެ

އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދުި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާ އެކު، ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާކަމަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ވެސް މި ގޮތަށް ދިމާވާ ހާލަތްތަކުގައި ސަރުކާރުން ބަންދު ދުވަސްތައް ކަނޑައަޅަ އެވެ.