Last Updated: May 13, 20:16
Tuesday, May 13, 2025
ކޮލަމް

އިންޖީނުތައް މާލެ ގެންދިއުން. ތިޔަ ހީކުރާ ވަރަށް ވުރެ ސީރިއަސް!

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މީގެ މަހެއްހާ ދުވަސް ކުރިންގެނައި 2 މެގަ ވޮޓް އިންޖީނުތައް، ތަފާތު ސަބަބުތައް ކުރުމަތިކޮށް މާލެ ގެންދާ މައްސަލައަކީ ރައްޔިތުން ތިޔަ ހީކުރާ ވުރެ މާ ސީރިއަސް މައްސަލައެކެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ހާލަތު ހުރި ގޮތުން ކޮންމެ ވަގުތަކުވެސް އައްޑޫ ކަނުއަދިރީގެ ތެރެއަށް ހިނގައިދާނެއެވެ.

ޖަޕާން ސަރުކާރުން ހިތަދޫ އާރްއޭފްގައި ގާއިމް ކުރި މަރުކަޒީ އިންޖީނުގޭގައި މިވަގުތު ބޭނުން ކުރަމުންދާ އިންޖީނުތަކަށް މިވަނީ ބޮޑެތި އޯވހޯލް ބޭނުންވެފައެވެ. އެފަދަ މަރާމާތަކަށް އެންމެ އިންޖީނެއް ނިއްވާލިއަސް ބާކީ ދެން ހުރި އިންޖީނުތަކުން މިވަގުތު އައްޑޫއަށް ބޭނުން ކުރާ ވަރަށް ކަރަންޓް ނުއުފެއްދެއެވެ. ނަތީޖާއަކަށް ވަނީ އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލުމެވެ.

ދެ މެގަވޯޓް އިންޖީނު އައްޑޫއަށް ގެނައުން

ފާއިތުވި ތިން އަހަރު ތެރޭގައި ފެނަކަ ކޯޕަރޭޝަނުން އެއްލަވައެއްގެ ގޮތުގައި އަބަދު ކިޔަމުން ގޮސް ފައިވަނީ ކަރަނޓްގެ މައްސަލަ ހައްލު ކުރެވޭނީ 2 މެގަވޯޓްގެ އިންޖީނެއް އައްޑޫއަށް ގެނެސް އިންސްޓޯލް ކޮށްގެން ކަމަށެވެ. އެހެންވެ އެފަދަ އިންޖީނަކަށް އޯޑަރުކޮށްފައިވާ ކަމަށް އަބަދު ފެނަކަ އިސްވެރިންވަނީ މީޑިއާތަކުގައި ވާހަކަ ދައްކާފައެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫއަށް ގެންނާނެ ކަމަށް ބުނަމުން ދިޔަ 2 މެގަވޯޓް އިންޖީނު ހިތަދޫއަށް ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ ގާތްގަޑަކަށް އެ އިންޖީނަށް އޯޑަރ ކުރިތާ 8 މަސް ދުވަސް ފަހުންނެވެ. މިފަހަރު އައްޑޫއަށް މި ގެނައި ދެ މެގަވޮޓް އިންޖީނަކީ އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ދިރާސާތަކެއް ކުރުމަށްފަހު ގެނައި ލޯ ސްޕީޑް އިންޖީނެކެވެ.

އިންޖީނު އޯޑަރ ކޮށް އޭގެ 8 މަސްފަހުން އައްޑޫއަށް ގެނައި އިރުވެސް އިންޖީނު ބަހައްޓާނެ ތަނެއް ތައްޔާރެއް ނުކުރެެއެވެ. އެހެންވެ ފާއިތުވި މަހެއްހާ ދުވަހު ކޮށްފައިވަނީ މި ދެ އިންޖީނު ބަހައްޓާނެ ތަން ތައްޔާރުކުރުމުގެ މަސައްކަތެވެ.

އައްޑޫއަށް ގެނައި އިންޖީނުތައް މާލެ ގެންދިއުން

3 އަހަރެއްހާ ދުވަހު އެކި ފަހަރު މަތިން ކަރަންޓް ކެޑި އާއްމު ރައްޔިތުންގެ އަގުބޮޑު ސާމާން ހަލާކުވެ، އެކަމުގެ ތަކްލީފު އުފުލަމުން ދަނިކޮށް 2 މެގަވޯޓް އިންޖީނު ގެނައުން ރައްޔިތުން ވަނީ އުފަލާއި އެކު ބަލައިގެންފައެވެ. ސަރުކާރަށާއި ފެނަކަ ކޯޕަރޭޝަނަށް ފާޑު ކިޔާ ފަރާތްތަކުގެ އަނގަ ބަންދުވިއެވެ.

ތަފާތު ބެނާ ދަމައި، އިންޖީނަށް މަރުހަބާ ކިޔާފައިވަނީ އެހާމެ ކުލަގަދަކޮށެވެ. "ކަރަންޓް ޔަޤީން" "24 ގަޑި އިރު ކަރަންޓް ޔަޤީން. ޝުކުރިއްޔާ ޔާމީން" ފަދަ ބެނާ ދަމައިގެން ތިއްބާ ކުއްލި ގޮތަކަށް މަރުކަޒީ އިންޖީނުގެއަށް ސިފައިން މިވަނީ އިންޖީނު މާލެ ގެންދިއުމަށް ވަދެފައެވެ.

އައްޑޫ އިންޖީނުގޭގައި ތިބި އިންޖީނުތައް މާލެ ގެންދަނީ މިނިވަން 50 އާއި ދިމާކޮށް ކަމަށް ދައްކާ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. އެއީ މާލޭގައި ބޭނުން ކުރާ ބޮޑު އިންޖީނަށް މައްސަލަ ދިމާވެގެން އެކަމުގެ ހައްލެއްގެ ގޮތުން ގެންނަ ނަމަ ބަކީ މިއޮތް މަދު ދުވަސް ކޮޅުގެ ތެރޭގައި އެ އިންޖީނު މާލެ ގެންގޮސް އިންސްޓޯލް ނުކުރެވޭނެތީއެވެ. އެހެން ކަމަށްވާ އިރު އެކަމުގެ ފޮރުވިފައިވާ ބޮޑު ސިއްރެއްވާ ކަން ޔަޤީނެވެ.

މިއީ މިއަދު ރައްޔިތުން ކުރަން ޖެހޭ ސުވާލެވެ. އައްޑޫގެ ރައްޔިތުން ތަމްސީލް ކުރާ 7 މެމްބަރުން އެބަތިއްބެވެ. އެމީހުންގެ ފަރާތުން މިކަމަށް ރައްޔިތުންނަށް ޖަވާބު ދާރީވާންޖެހެއެވެ.

ކަރަންޓްގެ އަގު ބޮޑުކޮށްފި. ހިދްމަތެއް ނުލިބޭ

ކަރަންޓް ކެޑައިގެން ގޮސް ގިނަ ވަގުތު ކަރަންޓާއި ނުލާ އުޅެން ޖެހިފައިވާ އިރު ކަރަންޓްގެ އަގު ބޮޑު ކުރާ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. ކުރިން އެންގުމަކާއި ނުލައި، ކަރަންޓްގެ އަގު ބޮޑު ކުރާއިރު އެކަމަކަށް ފެނަކަ ކޯޕަރޭޝަނުން ޖަވަބު ދާރީ ނުވެއެވެ. އެކަމާއި ސަރުކާރަކުން ވާހަކަ ދައްކާ އަޑެއްވެސް ނީވެއެވެ.

އައްޑޫ ރައްޔިތުން އަތުން އަގުބޮޑުކޮށް ކަރަންޓަށް ޗާޖް ކުރާއިރު އެކަމަށް ހައްލެއް ދިނުމަށް ވިސްނާފައި ނުވާކަމަށްވެއެވެ.

އިންޖީނު މާލެ ގެންދިއުމާއި، ކަރަންޓްގެ އަގު ބޮޑު ކުރުމަކީ ތިޔަ ހީކުރާ ވަރަށްވުރެ ސީރިއަސް މައްސަލައެކެވެ. މީގައި ފޮރުވިގެން ވަނީ އައްޑޫ ނިކަމެތިކޮށް، ރައްޔިތުން ބިކަ ކުރުން ކަން ޔަޤީނެވެ. އެހެނީ އައްޑޫއަކުން ތަރައްޤީގެ ކުލަވަރެއް، ސަރުކާރުގެ މަޝްރޫއުއެއް ހިންގަން އުޅޭ ތަނެއް ނުފެނެއެވެ. އަތު ޖެހުނު އެެއްޗެއް އައްޑޫން ގެންދަނީއެވެ.
މީއީ ރައްޔިތުން ފުންކޮށް ވިސްނަވަން ޖެހޭ ކަންކަމެވެ.

ހިޔާލު ފާޅުކުރައްވާ 9ކޮމެންޓް

adad

ޝަޓަޕް. ވީ ވިލް ރިޓަރނ ދީސް.
އައްޑޫލައިވް މާ އުސްމިނަށް އެރިގެން އުޅޭހެން ހީޥޭ. ތިކަން ތިހާ ގޯސް ނަމަ މޭޔަރ ތިވާހަކަ ވިދާޅުވީސް

adada

ސޮޑު މޭޔަރެއް ހުއްޓެއްކަމަކު ރައްޔިތުން އެމީހުންގެ އަޑު އިއްވާނެ ! ޑިމޮކުރަސީ ދެއްތޯ ؟ ޔައުނީ ޝަޓް އަޕް

Moosa Haneef

ހުސް ބުހުތާން ނުޖަހާ ދޮގު ނަހަދާ. މިހާރު ތި އިންޖީނުގޭ ގައި އެބަ ހިންގާ ޔަގީނުން ވެސް އާ 3 ޖެނެރޭޓަރ 800 ކވ ގެ. ، މިސަރުކާރު އައި ފަހުން ބަހައްޓާ ދިން. ކުރީގެ މުސްކުޅި އެންމެ އިންޖީނެއް ވެސް ނުހިންގާ ކަމަށް އައްޑޫ އަތޮޅުގެ ކަންކަން އެނގޭ މީހަކު ބުނި . ދެން ކޮން އިންޖީނެއް އޮވަރހޯލް ކުރަން ޖެހޭ ވަހަކަ. ކޮންމެ އިރަކު ކޮންމެ ކަމެއް ވެސް ވެދާނެ. އެކަމަކު އެއަށް ކޮންމެވެސް ހައްލެއް ހޯދޭނެ އައްލާހްގެ އިރާދައިން. މިއީ ފިތުނަ ހަދަން އުޅޭ ނޫހެއް.

Murad

އައްޑޫ ގަމުގެ އެއަރޕޯޓް ބޮޑުކުރަން އެ ހިންގާ ވަރުގެ އެެެއްވެސް ޕްރޮޖެކްޓެއް މާލެ ސަރަހައްދު ފިޔަވައި އެއްވެސް ތާކު ނުހިންގާ. ގަމުގެ ވާހަކަ އެއްވެސް ނުދައްކާ. ނުލިޔާ. އިންޖީނު ލިބުނީމާ ވެސް ޝުކުރުން ލިޔުނު އެއްޗެއް ނުފެނޭ. އައްޑޫ ބަޔަކު ދެނެ ހުރި ކަމަކަށް ވެސް ނުވޭ . މިހާރު ގެންދިއައީމާ ތެޅިގަތީ. މިސަރުކާރުން ބެހެއްޓި 3 އިންޖީނު މިހާރުވެސް ހިންގާ އިރު އަދި ވެސް ދެ މެގަ ކީއްކުރަން ހަތަރު މެގަ ވެސް ގެންނާނެ. ސަރުކާރުގަ އެބަހުރި ކެޕެސިޓީ. އެމްޑީ ސަރުކާރުން އެންމެ ޑައިނަމޯއެއްގެ ކޮއިލު ވެސް އޮޅާ ނުލެވުނު ތިން އަހަރު ވީ އިރު. މިސަރުކާރަށް ދެއަހަރު ވީ އިރ 3 އިންޖީނު ބެހެއްޓި ތިތާގަވެސް . ޖުމުލަ 77 ޖެނެރޭޓާރ ގެނެސްފި ރާއްޖޭގެ އެކި ރަށް ރަށަށް. މާލެ އަކަށް ނޫން. ދެން އައްޑޫ މީހުން ތިޔަ ކަހަލަ ވާހަކަ ދެއްކިޔަސް އައްޑޫ ނޫން ބަޔަކު ގަބޫލެއް ނުކުރާނެ.

Bodu Thiladhunmathee Meehaa

ހަޤީޤަތުގައި އައްޑޫމީހުން ރުޅިއައިސްގެން އެއުލެނީ ދިވެހިރައްޔިތުންގެ ހަޤީޤީ މިނިވަންކަން ފޭރިގަނެގެން އުޅުނު އިގެރޭސިން ގެ އަތްދަށަށް ދިވެހި މިޤައުމް ނުގެންދެވޭނެކަން ޔަޤީން ވާތީ، އިރާދަ ކުރެއްވިއްޔާ ދެން ދުވަހަކުވެސް އެކަމެއްނުވާނެ ، އެކަހަލަ އަޅުވެތި ކަމުގެ އަމަލުތަކާ ބޮޑުތިލަދުންމަތި ދެކޮޅު، އައްޑޫން ބާޤީ ނުކުންނަ ކޮންމެފަހަރަކު ބޮޑުތިލަދުންމަތިން ޢާޒީން ނުކުމެ ނަސްރު ހޯދާނަށް، އިގެރޭސިންނަށް ޤައުމު ވިއްކާލީވެސް އައްޑޫމީހުން . ނޮވެމްބަރ 3 ގެ އުދުވާނީީ ހަމަލާ ރޭވީވެސް އައްޑޫ މީހުން ، ބޮޑުތިލަދުންމަތި މިއޮތީ ބަލަބަލާ، މިނިވަން 50 އަށް ސަރުކާރުން ކުރާ ހުރިހާކަމަކަށް ބޮޑު ތިލަދުންމަތިން ފުރިހަމަ އަށް ތާއިދު ކުރަން، އައްޑޫއަށް ސަރުކާރުން ގެނެސްފައިވާ ކޮންމެ އެއްޗަކީ އައްޑޫމީހުން އައްޑޫ ބޮންޑިއާއި ފަތްތެލުލާގެ ހޯދާފައި ހުރި އެއްޗެއްނޫން ދިވެހިރައްޔިތުންގެ އާމްދަނީ ހޯދާއެއްޗެއް،

ahamma

މެމްބަރު އިބުރާހެން ދީދީ އެހިށީނުނީ ކަރަންޓްގެ ކަންތައް ހައްލުކޮށްދެރެފެއި…..ޔޫމެން ކޭނީކިޔަންކާއު….

kathurufadni

Male' in halaaki vee 8 mv ge injeenah. Addoon ginenee 2 mv ge injeenah. Addooah emme fahun ginai 2 mv ge 2 injeenu. Addoon giney injeenu install veydne vaguthu neh veylei nunfehey install veyheh kamuge yageenkan nethi ginenee kiyankeraah???? 8 mv ge injeenah halaaki veemei 2 mv ge 2 injeenu niginigei kiyanvee???? 2 mv ge injeenah ginigeymei karantu nikan'dai fudheyshee??? Mikahalei kithamme suvaalaah thethibi.

feydhoo meeheh

މޭޔަރަކީ ރޮބަޓެއް. މި ލިއުމަކީ ހަޤީޤަތް. އެ އިންޖީނު މާލެ ގެންދަނީ ޖުލައި 26 އަކަށް ނޫން. މުޅި އުމުރަށް. އޭތި ގެންގޮސްގެން ޖުލައި 26 ގެ ކުރިން ކިހިނެއް އިންސްޓޯލް ކުރާނީ؟

Anonymous

ކިތަންމެހާވެސް ރަނަގޅު ރިޕޯރޓެއް