ލ. ފޮނަދޫގައި އިތުރު ފުޓްސަލް ދަނޑެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ ރަށު ކުރިމަގު ފުޓްސަލް ދަނޑު ތަރައްގީ ކުރަން ސްޕޯޓްސް މިނިސްޓްރީން ހަވާލުކުރީ މެގަ ލިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ނިހާދެވެ.
މި ފުޓްސަލް ދަނޑަކީ 1.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެއްބަސްވުމުގައިވާ ގޮތުން 38 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ނިންމަން ޖެހެ އެވެ.