އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް އިއްޔެ ލޯންޗުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
އުރީދޫން ބުނީ މިއީ ޑިޖިޓަލް އިންވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އުރީދޫން ބުނި ގޮތުގައި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަޓްސްއެޕް ނަމްބަރުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބި ހިދުމަތްތައް ހަރުދަނާވުމަށް މަގުފަހިވާނެ ކަމަށެވެ.
އުރީދޫ އިން ބުނީ ވަޓްސްއެޕާއެކު އިންޓަގްރޭޝަންގެ ސަބަބުން އިނޮވޭޓިވް ކަސްޓަމާ އެންގޭޖްމަންޓް ސޮލިއުޝަންތަކަށް ވަޓްސްއެޕްގެ ބޭނުން ހިފުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށެވެ.