Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް އިތުރުކޮށްފި

ސްރީލަންކަން އެއާލައިންސް އިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

ގަން އިންޓަނޭޝަން އެއާޕޯޓުން ބުނީ ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިނުން ކުރާ ދަތުރުތައް ހަފްތާއަކު ތިން ފްލައިޓަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ސްރީލަންކަންގެ ދަތުރުތައް ގަމަށް ކުރާނެ ކަމަށް ބުންޏެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު މީގެކުރިން ވިދާޅުވީ ގަމަށް ކުރާ ދަތުރުތަކުގެ އަދަދު ތިނެކަށް އިތުރު ކުރަން ނިންމީ ދެކުނު އަތޮޅުތަކުގެ ޓޫރިސްޓް ފެސިލީތަކަށް އަންނަން ޓޫރިސްޓުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ މި ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޓޫރިޒަމްގެ ދާއިރާގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްރީލަންކަން އިން އައްޑު އަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2016 ވަނަ އަހަރު އެވެ.