Last Updated: April 22, 20:22
Tuesday, April 22, 2025
ޚަބަރު

ސްކޮލަޝިޕް ބަދަލު ކުރެވޭ ގޮތަށް އުސޫލަށް ބަދަލެއް

މަތީސާނަވީ އިމްތިޙާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔަވަން ފަށާ ފަހުން ޕްރޮގްރާމް ވަކި ހިސާބަކުން ބަދަލު ކުރެވޭ ގޮތަށް އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ދެހާސް ނަވާރައިގައި ގެޒެޓްކޮށްފައިވާ އުސޫލުގައި ސްކޮރޝިޕަށް ހޮވޭ ދަރިވަރުން، އެ ދަރިވަރުން ކިޔަވާ ޕްރޮގްރާމް ބަދަލު ކުރެވޭނެ ގޮތެއް ކަމަށް ކަނޑައަޅާފައި އޮންނަނީ ޕޭމަންޓް ދެއްކުމުގެ ކުރިންނެވެ. އެހެންވެ ޕްރޮގްރާމަށް ޕޭމަންޓް ދެއްކުމަށް ފަހު ބަދަލުކުރެވޭނެ އުސޫލެއް ނުވެއެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އެ ދަރިވަރުންނަށް ދިމާވާ އެކި އެކި ހާލަތުގައި ކިޔަވަމުން އަންނަ ޕްރޮގްރާމް ބަދަލު ކުރުމަށް އެދިފައިވާ ކަމަށް ހަޔަ އެޑިއުކޭޝަބް މިނިސްޓްރީން ބުންޏެވެ.

އެހެންވެ އިއްޔެ ގެޒެޓްކުރި އުސޫލުގެ 7 ވަނަ މާއްދާގައި ވަނީ ސްކޮލަޝިޕްއަށް ކިޔަވަމުންދާ ދަރިވަރުން ޕްރޮގްރާމް ބަދަލުކުރުމަށް ތިން ހާލަތެއް ކަނޑައަޅައިފައެވެ.

* ޕްރޮގްރާމް ބަދަކުރެވޭ ޙާލަތްތަކުގެ ތެރޭގައި، ޕްރޮގްރާމް ބަދަލުކުރަން ހުށަހަޅާއިރު، ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިސްޓުގައި ބަޔާންކޮއްފައިވާ، މަތީ ތަޢުލީމުދޭ މުއައްސަސާއަށް އެއްވެސް ޕޭމަންޓެއް ހަދާފައި ނެތުން

* ޕްރޮގުރާމް ބަދަލުކުރަން އެދޭއިރ،ު ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވ،ާ މަތ ތަޢުލ މު ދޭ މުއައްސަސާއަށް ޕޭމަންޓެއް ހަދައިފައިވަނިކޮށް ޕުރޮގްރާމު ބަދަލުކުރަން އެދޭ ނަމ،ަ ތިރ ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުން ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުކަމުގައި ވުން

1. ބަދަލުކުރަން ހުށަހެޅީ، ކިޔަވަންފެށި ޕްރޮގްރާމްގެ ފުރުތަމް ސެމިސްޓަރ ނިމުމުގެ ކުރިންކަމުގައިވުން.
2. ދޫކޮށްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދަރިވަރުގެ ޚަރަދުގައި ފުރިހަމަކޮއްފައިވާ ޕްރޮގްރާމްތަކަކީ، ބަދަލުވާ ޕްރޮގްރާމްގެ ޖުމްލަ ޚަރަދުން އުނިކުރެވޭނެ އެއްޗެއްކަމުގައި އެއްބަސްވުން
3. ޕްރޮގްރާމް ބަދަލުކުރަންޖެހޭ ސަބަބު، އެކަންކުރުން މުޙިއްމުކަމަށް ބާރުދޭ، ކަމާއި ބެހޭ ރަސްމީ ފަރާތްތަކާއިއެކު ހުށަހަޅާފައި އޮތުން
4. ޕްރޮގްރާމް ބަދަލުވީ ނަމަވެސް، އެ ސްކޮލަޝިޕްގެ އުޞޫލުގެ އެއްވެސް މާއްދާއަކާއި ތަޢާރުޒުވުމެއްނެތުން
5. ޕްރޮގްރާމް ބަދަލުކުރާ ފުރުތަމަ ފަހަރު ކަމުގައިވުން( އެއް ފަހަރަށްވުރެ ގިނަފަހަރު ބަދަލު ނުކުރެވޭނެ)
6. ދޫކޮށްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ޚަރަދަށްވުރެ، ޖުމްލަ ޚަރަދު ބޮޑު ނުވާ ޚަރަދަކަށް ބަދަލުވާން އެދުން
މީގެ ކުރިން އާންމުކޮން މާސްޓާރސް އަށް ދެވެނީ ބެޗްލަރސް ސެޓިފިކެޓްއެއް އޮވެގެނެވެ. އެހެންނަމަވެސް މި އުސޫލުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ބެޗްލަރސް ޑިގްރީއެއް ނެތިވެސް މާސްޓާރސްއަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

(ނ) ބަދަލުވާން އެދޭ ޕްރޮގްރާމަކީ، ފުރުތަމް ޑިގްރީއަކާއި ނުލައި، ސީދާ އެންޓްރީ ލިބޭ 4 އަހަރަށް ވުރެ ދިގު ނޫން މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ކަމުގައިވުން. މި ޙާލަތުގައި ތިރީގައިވާ ކަންކަން ފުރިހަމަވާން ޖެހޭނެ އެވެ.

1. ސްކޮލަޝިޕްގެ ޖުމްލަ މުއްދަތުކަމުގައި ބަލަނީ 4 އަހަރު ދުވަސްކަމަށާއި، ބަދަލުވމުން ސްކޮލަޝިޕުން ދެން ޚަރަދުކުރާނީ ބަދަލުވި އިރު އެ މުއްދަތުން ބާކީ އޮންނަ ދުވަސްތަށް ކަމަށް އެއްބަސްވުން
2. ބަދަލުކުރަން އެދެނީ މި އުޞޫލަށް ޢަމަލުކުރަން ފެށިއިރު، ކިޔަވަމުންދާ ދަރިވަރެއްކަމުގައިވުން
ޕްރޮގްރާމް ބަދަލުކުރާ ފުރުތަމް ފަހަރުކަމުގައިވުން
3. ޕްރޮގްރާމް ބަދަލުވީ ނަމަވެސް، އެ ސްކޮލަރޝިޕްގެ އުޞޫލުގެ އެހެން އެއްވެސް މާއްދާއަކާއި ތަޢާރުޒުވުމެއް ނެތުން.