Last Updated: April 22, 20:22
Tuesday, April 22, 2025
ޚަބަރު

ކައުންސިލް އިމާރާތްތައް އަޅަން މެލޭޝިއާގެ ކުންފުންޏަކަށް

ކައުންސިލް އިމާރާތްތައް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކުރަން ނިންމައިފި އެވެ.

ރޭ ބޭއްވި "ކަންގަތި އެވޯޑް" ހަފުލާގައި ލޯކަލް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ހުއްދަ ވެސް ދީފައި ކަމަށާއި އަދި މިހާރު އެޓާނީ ޖެނެރަލްގެ އޮފީހުގައި އެއްބަސްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 50 ކައުންސިލް އިމާރާތް އެޅުމަށް ހިންގާ މަޝްރޫއަކީ ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ކައުންސިލް އިމާރާތްތައް އަޅަން ނިންމީ ވަރަށް ގިނަ ކައުންސިލްތައް ހިންގާ އިމާރާތްތައް ބާވުމާއި ޖާގައިގެ ދަތިކަން ފަދަ މައްސަލަތަކާ ހެދި އެވެ.

ކައުންސިލް އިދާރާތައް އިމާރާތް ކުރަން ހަމަޖެހިފައިވާ ރަށްތައް:

* ހއ. އަތޮޅު: ވަށަފަރު، ދިއްދޫ، އިހަވަންދޫ
ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
ށ. އަތޮޅު: ކޮމަންޑޫ، ފޭދޫ، ގޮއިދޫ، ނަރުދޫ
ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު
ބ. އަތޮޅު: ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
ޅ. އަތޮޅު: ކުރެންދޫ
ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި
މ. އަތޮޅު: މުލި، ދިއްގަރު، މުލައް
ފ. އަތޮޅު: ފީއަލި
ދ. އަޮތޮޅު: ހުޅުދެލި، ބަނޑިދޫ
ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ، ވޭމަންޑޫ
ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ، މާވަށް
ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ
ގދ. އަތޮޅު: މަޑަވެލި

މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 26 ރަށެއްގެ ކައުންސިލު އިދާރާތައް އެޅުމުގެ މަސައްކަތް ވެސް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެއީ ޕީއެސްއައިޕީގެ ތެރެއިންނެވެ.