ރޯމާ ދުވާލު މީހުންގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނެތި ފޭރި ގަންނަނީ އެވެ. މިއޮތީ މިފަދަ ހާދިސާއެއްގެ ބިރުވެރިކަން ދައްކުވައިދޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ.
މާލޭގެ މަގެއްގެ މަތީގައި މީހުން ހޭލަމޭލަވަނީ އެވެ. މި ވީޑިއޯގައި ފެންނަނީ އަންހެނަކު ދުއްވާފައި އައި ސައިކަލާ އެއްވަރެއްގައި ދުއްވަމުން އައި ސައިކަލެއްގައި އިން މީހަކު، އެ ސައިކަލާ އެއްވަރުކޮށްފައި އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގެންފައި ދުއްވައިލާ ތަނެވެ. އެ މީހާ ހުންނަނީ ހެލްމެޓެއް ވެސް އަޅައިގެންނެވެ.
ފަށް ފޭރިގެންފައި އަދި އެވަރަކުން ނިންމައެއް ވެސް ނުލަ އެވެ. ވަކި ހިސާބަކުން ސައިކަލު މަޑުކޮށްފައި، ދުމެއް ޖަހާފައި އަންހެން މީހާއާ ދިމާއަށް އޭނަ ދުއްވައި ގަނެ އެވެ. އެ މީހާ ބިރުން ސައިކަލް ވައްޓާލައި ދުއްވައިގަތުން އަތްދަބަސް ފޭރިގަންނަން މަސައްކަތް ކުރާ ތަން ވެސް ފެނެ އެވެ.
ދެން އަންހެން މީހާ ދުވަމުން ގޮސް އެ މަގުގެ އެއް ފަރާތުގައި އިން އަންހެނަކާ ދިމާ އަށް ދެ އެވެ. ފޭރިިގަތް މީހާ ފަހަތުން ގޮސް އަތްދަބަސް ފޭރިގަންނަން މަސައްކަތް ކުރެ އެވެ. ނަމަވެސް އެކަން އޭނައަކަށް ކާމިޔާބެއް ނުވެ އެވެ. އެ ހިސާބުން ދުވެ، ގޮސް ސައިކަލަށް އަރައިގެން އޭނަ ބާރަށް ނައްޓާލަނީ އެވެ.
މި ކުޅިގަނޑު ހިނގި އިރު، އިތުރު ސައިކަލްތަކެއް އެ ސަރަހައްދަށް އައިސް މަޑުކުރެ އެވެ. އަދި އެތަނުން ބައެއް ސައިކަލްތައް ފޭރިގަތް މީހާ "އަތުލައިގަނެވޭތޯ" ފަހަތުން ބާރަށް ދުއްވައިލާ ތަން ވެސް ފެނެ އެވެ.
މިއީ އިއްޔެ މާލޭގެ އަލިކިލެނގެފާނުގެ މަގުގައި ހިނގި ހާދިސާއެކެވެ. މި ހާދިސާ އިން މާލޭގެ މަގުމަތި ކިހާ ނުރައްކާކަން ވަރަށް ސާފެވެ. ރޯމާ ދުވާލު މީހުންގެ ކުރިމަތީގައި ވެސް އަނިޔާވެރިކޮށް ފޭރި ވައްކަން ކުރަނީ އެވެ. ބޮޑުވަރެކެވެ.