Last Updated: December 22, 05:43
Sunday, December 22, 2024
ޚަބަރު

އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ހަދަނީ

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް (އައިޑީއޭސީ) ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

މި މަސައްކަތް ކުރުމަށްޓަކައި މިކަމާ ގުޅޭ ދިރާސާއެއް ހަދައި ދޭނެ ބަޔަކު ހޯދަން ވެސް މަރުކަޒީ ބޭންކުން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އަންނަ އަންްގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި މި އީމެއިލް މެދުވެރިކޮށް އެ މައުލޫމާތެއް ސާފުކުރަން އެމްއެމްއޭ އިން އެދިފައިވެ އެވެ.

ރާއްޖޭގައި އައިޑީއޭސީއެއް ގާއިމުކުރަން ނިންމި އިރު، ރާއްޖޭގައި އިސްލާމިކް ބޭންކިން ފުޅާކޮށް ތަރައްގީ ކުރަން ވެސް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

އެމްއެމްއޭ އިން ބުނީ އައިޑިއޭސީގެ އެންމެ ބޮޑު މަގުސަދަކީ ޝަރީއާ ހުއްދަކުރާ އުސޫލާ އެއްގޮތަށް ރާއްޖޭގެ މާލީ ދާއިރާ ބައްޓަން ކުރަން މަސައްކަތް ކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުގައި އިސްލާމިކް ފިންޓެކް ކުރިއަރުވައި ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓ ކުރިއަރުުވަން މަސައްކަތް ކުރުން ކަމަށެވެ.