Last Updated: April 22, 20:22
Tuesday, April 22, 2025
ޚަބަރު

އޭއީއެޗަށް އެޗްއާރް އޮފިސަރަކު ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އަށް ހިއުމަން ރިސޯސް އޮފިސަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުނީ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެޗްއާރް އޮފިސަަރުުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ/އެޑްވާންސްޑް ޑިޕްލޮ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން ހިމެނެ އެވެ.

މަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 5،610ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސަށް 2،000ރ. އާއި ސަޕޯޓިން ކޯ-އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00ރ. އާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާ އި އެހެނިހެން އިނާޔަތްތަކުގެ އިތުރުން މަގާމަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ލިބޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރިއަށް ގެންދާނީ މި މަހުގެ 29 އާއި އަންނަ މަހުގެ 16 ދޭތެރޭ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރާއި 6885045 މި މެއިލް info@aeh.gov.mv އިން ހޯދޭނެ އެވެ.