Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އާ ޙާފިޒުންތަކެެއް އިމާމުވެ ތަރާވީސް ކުރާނެ

ކުރިއަށް އޮތް ރޯދަ މަހު ބޮޑެތި މިސްކިތްތަކުގައި ރީތިކޮށް ޤުރުއާން ކިޔަވާ ޒުވާން، ގިނަ ދިވެހި އާ ޙާފިޒުންތަކެއް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިކަން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރައް އެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ ޒުވާނުން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިތު، ރީތިކޮށް ޤުރުއާން ކިޔަވާ ޙާފިޒުން އުފެއްދުމަށް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. މިނިސްޓަު ޝަހީމް ގެންދަނީ ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނާ ބައްދަލު ވެސް ކުރައްވައި، ހިތްވަރު ވެސް ދެމުންނެވެ.

އަދި ދެ ޖިންސުގެ ޙާފިޒުންނަށް ތަފާތު އެކި ފުރުސަތުތައް އިސްލާމިކް މިނިސްޓްރީން އަންނަނީ ފަހިކޮށް ދެމުންނެވެ. އޭގެ ތެރޭގައު ޙާފިޒުންނަށް އުމްރާ ދަތުރު ދިނުން ފާހަގަކޮށްލެވެ އެވެ.