ހއ. އިހަވަންދޫގައި ޑޮކްޔާޑެއް އެޅުމަށް އެއްވަސްވުމެއްގައު ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހެދީ އެ ރަށު ކައުންސިލާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެވެ. އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހްމަަދު ސަބާހެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރއްވީ ސީއީއޯ މުހައްމަދު ވަޖީހެވެ.
އިހަންދޫގެ ޑޮކްޔާޑްގެ މަސައްކަތް އަންނަ އަހަރުގެ އަހަރު ކުރީކޮޅު ފެށުމަކީ އެމްޕީއެލްގެ އަމާޒެވެ.
ޑޮކްޔާޑް ތަރައްގީކުރުމަށް އިހަވަންދޫން 1،000،000 އަކަަފޫޓުގެ ބިމެއް ކައުންސިލުން ހަަމަޖައްސައި ދީފައިވެ އެވެ.
އިހަވަންދޫއު ކައިރި ސަރަހައްދެއްގައި ސަރުކާރުގެ ފަރާތުން ބަންކަރިން ހިމެނޭހެން މެރިޓައިމް ހިދުމަތްތައް ތައާރަފުކުރުމާ ގުޅިގެން ރިޕެއާ އެންޑް މެއިންޓެނެންސް ހިމެނޭހެން އެކި ކަހަލަ ޓެކްނިކަލް ހިދުމަތްތައް ހޯދުމަށް އެދެމުން އަންނަ ކަމަށް ވަޖީހު ވިދާޅުވި އެވެ. އެހެންވެ އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމުން އެ ސަރަަހައްދަށް މެރިޓައިމް ހިދުމަތްތައް ހޯދުމަށް އަންނަ އުޅަނދުތަކަށް ބޭނުންވާ ޓެކްނިކަލް ހިދުމަތްތައް ފަސޭހަކޮށް ފޯރުކޮށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ އިހަވަންދޫ ހިމެނޭ އުތުރުގެ ސަރަހައްދަކީ މަސްވެރި އުޅަނދުތައް ގިނަ ސަރަހައްދެއްކަމުން މަސް އޮޑިފަހަރަށް ވެސް ޑޮކިން ހިދުމަތްތައް ޑޮކްޔާޑުން ލިބިގެން ދާނެ ކަމަށެވެ.