ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުގެ މަސައްކަތް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން، މަސައްކަތް ކުރުމަށް އެއްބަސްވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ އެކު އެއްބަސްވެވޭ ހަމަތަކެއްގެ މަތިން މަސައްކަތްކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
އެ އެ ޕާޓީން އެގޮތަށް ނިންމީ މިދިޔ ބުރާސްފަތި ދުވަހު ބޭއްވި ޕާޓީގެ ނެޝަނަލް އެސެމްބްލީގެ 11 ވަނަ ބައްދަލުވުމުން ފާސްކުރެވުނު ގަރާރަކުންނެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ޑިމޮކްރެކްޓްސް އަކީ އިދިިކޮޅުގައި އޮތް ޕާޓީއަކަށްވުމާ އެކު، މިހާރުގެ ސަރުކާރުން ގަސްތުގަ އާއި އިހުމާލުން ރައްޔިތުންނަށާއި ގައުމަށް ބޭއިންސާފުވެ ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުކޮށް ކުރަމުން ގެންދާ ކަމަށެވެ.