Last Updated: December 22, 16:46
Sunday, December 22, 2024
ޚަބަރު

ދިރުވާލައިގެން ޑްރަގް އެތެރެކުރި ބަޔަކު ހައްޔަރަށް

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ ނ. މަނަދޫ ޕީކޮކް، އިހްސާން އިސްހާގް، 33، އާއި މއ. ސޭބޫ މުހައްމަދު ފާރިޝް، 40، އެވެ.

އެ ދެ މީހުން ހައްޔަރުކޮށް މިހާރު ތިބީ ދޫނިދޫ މެޑިކަލްސްގައި އެޑްމިޓްކޮށްފަ އެވެ.

ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވާއިރު، އެޑްމިޓްކޮށްފައިވާ ހާލަތު ބަދަލުވުމުން، 24 ގަޑިއިރު ތެރޭ އަލުން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ހިނގާފައިވެ އެވެ.