Last Updated: December 22, 23:49
Sunday, December 22, 2024
ޚަބަރު

ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުން ދިޔަ ދެ ތަނަކުން ތިން ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ހުޅުމާލޭ ފޭސް ދޭއްހެ ހިޔާ ފުލެޓުތަކުގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑު އޮޕަރޭޝަނެއް ހިންގާފައވާ ކަމަށެވެ. އެގޮތުން އަށް ފިހާރައަކާއި ހަތަރު ހަތަރު ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި ސެލޫއެއް ބަލައި ފާސްކޮށްފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ އެ ތަންތަނުގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ތިން ބިދޭސީއަކު އަތުލައިގަނެ، އެ މީހުންނާ ބެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ މީހަކު އަތުލައިގަނެ، 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.