Last Updated: April 20, 17:58
Sunday, April 20, 2025
ރިޕޯޓް

ޙަޔާތަށް އަލިކަން ގެނެސްދޭނެ 7 ފާނޫޒު

ފާނޫޒު 1:

إذا عرفت نفسك لا يضرك ماذا قال عنك — سفيان الثوري
ތިބާއަށް ތިބާގެ ނަފުސު އެނގޭނަމަ، އެހެންމީހުން ތިބާއާ ބެހޭގޮތުން ދައްކާ ވާހަކަތަކުން ތިބާއަށް އަސަރެއް ނުކުރާނެއެވެ.

ފާނޫޒު 2:

كل الناس عندهم عيوب..و أفضلهم أقلهم عيوبا..ينبغي على المرء أن يجتهد في تقليل عيوبه دوما و أبدا –ابن حزم
ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ކަންކަން ހުންނާނެއެވެ. މީސްތަކުންގެ ތެރެއިން އެންމެ ފުރިހަމަ ބަޔަކީ އެންމެ މަދުން އުނިކަންކަން ހުންނަ މީހުންނެވެ.
އެމީހެއްގެ ކިބައިގައި ހުރި އުނި ސިފަތައް މަދުކުރުމަށް ދާއިމީ ސިފައެއްގައި މަސައްކަތްކުރުން، ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމުވެގެންވެއެވެ.

ފާނޫޒު 3:

ﷲ ތަޢާލާއާއި މެދު ހެޔޮކޮށް ހީކުރާ މީހާގެ ޢަމަލުތައް ރަނގަޅުވާނެއެވެ. އަދި ހެޔޮ ޢަމަލުކުރާ މީހާ، ﷲ ތަޢާލާއާއި މެދު ވިސްނާނީ ހެޔޮ ކޮށެވެ. މީސްތަކުންގެ ތެރެއިން މާތް ﷲ އާއިމެދު އެންމެ ހެޔޮކޮށް ހީކުރަނީ އެބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރި، އަދި ފާފަތަކާއި އެންމެ ދުރު މީހުންނެވެ.
— الشيخ محمد بن عبدالله البصري – حفظه الله

ފާނޫޒު 4:

اللقاء يذهب بالسخائم، فكأن نظر العين على العين يصلح القلوب –ابن حزم
ފޭސް ޓު ފޭސް ކޮށް ބައްދަލުވުމުން ދެކޮޅުވެރިކަމާއި ރުޅިވެރިކަން (ގިނަފަހަރަށް) ފިލުވާލައެވެ. ދެލޯ ބައްދަލުވާހިނދު ހިތްތަކުގައިވާ ނުރުހުންތެރިކަން އެއް ފަރާތްކޮށް ދެހިތް ސާފުކޮށްލައެވެ.

ފާނޫޒު 5:

۞ وَرَحۡمَتِی وَسِعَتۡ كُلَّ شَیۡءࣲۚ ۞

“އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.”
= سورة الأعراف ١٥٦=
އެކަލާނގެ އޯގާވަންތަވެރިކަން މައިވަންތަ ކުލުނާއި އަޅާލުމަށްވުރެވެސް ބޮޑުވެގެންވެއެވެ.
އެކަލާނގެއާއިމެދު ރަނގަޅުގޮތުގައި ހީކުރާ އަޅާއަށް އެކަލާނގެ އިޙްސާންތެރިވެވޮޑިގެންވެއެވެ.

ފާނޫޒު 6:

ޢަރަބި ހަރުބަހެއްގައި އޮވެއެވެ:
(ما خاب من استخار واستشار)
“އިސްތިޚާރާކޮށް މަޝްވަރާކޮށްފި މީހާއަށް ގެއްލުމެއް ނުވާނެއެވެ.”

ފާނޫޒު 7:

އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“މުޞީބާތްތަކުގެ އެކި ވައްތަރުތައް އެއްކިބާކޮށްދިނުމުގައި ޞަދަޤާތުގެ ވަރަށް އަޖައިބުކުރަނިވި އަސަރެއްވެއެވެ. އެއީ ފާޖިރެއް ނުވަތަ އަނިޔާވެރިއެއްކަމުގައިވިޔަސް މެއެވެ. އަދި ކިއެއް ހެއްޔެވެ. ކާފިރެއްކަމުގައިވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އޭނާގެ ކިބައިން އެކި ވައްތަރުގެ މުޞީބާތް އެއްކިބާކޮށްދެއްވައެވެ. މިއީ އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަކަމެކެވެ. މިކަމަށް މިބިމުގައިވާ އެންމެންވެސް އިޤުރާރުވާނެއެވެ. އެހެނީ މިއީ އެބައިމީހުން ތަޖުރިބާކޮށްފައިވާނޭ ކަމެކެވެ.”

މަސްދަރު: އިލްމު.އެމްވީ