Last Updated: December 29, 23:30
Sunday, December 29, 2024
ޚަބަރު

ގުރައިދޫގައި ނިޔާވި ކުއްޖާ ވަޅުލައިފި

ކ. ގުރައިދޫ

ކ. ގުރައިދޫގައި ނިޔާވި ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ވަޅުލައިފި އެވެ.

އެ ކުއްޖާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެކަން އާއިލާގެ ފަރާތުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެއާއެކު ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު މިދިޔަ ބުދަ ދުވަހު ވަނީ އިންޑިއާ އަށް ފޮނުވާފަ އެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓުމޯޓަމަށް ފަހު ހަށިގަނޑު މާލެ ގެނެސް މިއަދު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުއްޖާގެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.