Last Updated: April 22, 20:22
Tuesday, April 22, 2025
ޚަބަރު

ނަމާދުގައި ކިޔާ ތަކެތި ދަސްކޮށް ދޭން ޕްރޮގްރާމެއް

ބާރަށު ސްކޫލް.

ނަމާދުގައި ކިޔާ ތަކެތި ކުޑަކުދިންނަށް ދަސްކޮށްދޭން ހއ. ބާރަށުގައި ބާއްވާ ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.

އެ ރަށުގެ އަންހެނުންގެ ތަރައްގީ މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 6-16 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްގައި ކުދިން ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ މެންދުރު ފަހު 1:00 ގެ ކުރިންނެވެ. ނަން ނޯޓްކުރަން ގުޅަން ޖެހޭ ނަމްބަރަކީ 6500016 އެވެ. ނުވަތަ މި ނަމްބަރަށް 7930016 ވައިބާކޮށްގެން ވެސް ރަޖިސްޓްރީވެވޭނެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދެ ޖިންސްގެ ކުޑަކުދިންނަށް ނަމާދު ކުރަން ދަސްކޮށްދޭ ޕްރޮގްރާމްތައް ވެސް ހިންގަމުން ދެ އެވެ.