ހެލްތު މިނިސްޓްރީ އަށް ޑެޕިއުޓީ ޑިރެކްޓަ ޖެނެެރަލަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ އަސާސީ މުސާރަ އަކީ މަހަކު 11065ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 2،000ރ. އާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތަކާއި ހެލްތު އެލަވަންސާއި (އަސާސީ މުސާރައިގެ 35 ޕަސެންޓް) އަދި ސަޕޯޓިން ކޯ-އެލަވަންސަށް މަހަކު 1،300ރ. ލިބޭނެ އެވެ.
މަގާމުގެ ޝަރުތުތަކަކީ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާސް ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓާސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.