އަނެއްކާ ވެސް ރާއްޖެ ދިރުވާލައިގެން ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެ ކުރަން އުޅުނުކަމުގެ ކުށުގައި ހައްޔަރު ކުރީ ބްރެޒިލް އަށް ނިސްބަތްވާ ލެންޑަސަން ޑިޕައުލޯ ގާސިއާ، 44 އެވެ. އޭނަގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވާ އިރު، މައްސަލައާ ގުޅިގެން އޭނަ އެއްބާރުލުން ދެމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުުގައި ބުނެފައިވެ އެވެ.
ދައުލަތުގެ ފަރާތުން އައްޔަންކޮށްދޭ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ލެންޑަސަން ބުނެފައިވާތީ، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖަހައިދިނީ 5 ދުވަހެވެ.
މަަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ހުސައިން ފަރުޝާން، 39، އެވެ.
އޭނާގެ ވަކީލުގެ ފަރާތުން މުވައްކިލާ ބައްދަލު ނުވާތީ، އެ ފުރުސަތު ދިނުމަށް އެދުމުން ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ ފަސް ދުވަހެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަ ކޮށްފައި ވަނީ މަސްތުވާތަކެތީގެ އެ މައްސަލައަކީ ރޭވިގެން ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.