Last Updated: April 22, 20:22
Tuesday, April 22, 2025
ޚަބަރު

ސުނާމީއާ ގުޅޭ ފޮޓޯ މައުރަޒެއް ބާއްވަނީ

މީގެ 20 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު ގައުމު އަލުން ބިނާކުރަން އެންމެން ގުޅިގެންކޮށްފައިވާ މަސައްކަތްތައް ދައްކުވާދޭ ފޮޓޯ މައުރަޒެއް ބާއްވަން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭ) އިން ނިންމައިފި އެވެ.

"ވިލުންތެރި 20" ގެ ނަމުގައި ބާއްވާ މި މައުރަޒު ބާއްވާނީ މި މަހުގެ 26-29 އަށް ނޭޝަނަލް އާޓް ގެލެރީގައެވެ.

މިއީ ޑިސެމްބަރު 26، 2022 ގައި ތަޖުރިބާ ކުރަން ޖެހުނި ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން ބާއްވާ މަޢުރަޒެކެވެ.

އެންޑީއެމްއޭ އިން ބުނީ މައުރަޒުގައި ލައިވް އާޓް އިތުރުން "ޕްރިޕެއަ ފޯ ޓުމޯރޯ" ގެ ނަމުގައި ހާއްސަ ސެގްމެންޓެ އްވެސް ކުރިއަށްދާނެ ކަމަށެވެ.

މި މައުރަޒުގެ މައިގަނޑު މަގުސަދަކީ ސުނާމީ ކާރިސާއަށް ފަހު ރާއްޖެ އަލުން އާރާސްތުކޮށް ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެންމެން ގުޅިިގެން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމެވެ.

މި މައުރަޒު އާއްމުންނަށް ހުޅުވާލަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ސުނާމީ އަށް ފަހު 2005 ގެ ޑިސެމްބަރު 26 އިން ފެށިގެން އެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.