Last Updated: December 29, 05:46
Sunday, December 29, 2024
ޚަބަރު

ސަލްމާން މިސްކިތުގެ އޭސީތައް ނިމުމަކާ ގާތަށް

ސަލްމާން މިސްކިތް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަލްމާން މިސްކިތުގެ އޭސީ މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ ނިޒާމު އެއްކޮށް ހަލާކުވެފައިވާތީ އެކަން ޙައްލުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ފަހު މަރުޙަލާގެ ކަންކަން ނިމެމުންދާ ކަަމަށެވެ.

"އިންޝާ ﷲ މިސްކިތުގެ އޭސީ ނިޒާމް ވަރަށް އަވަހަށް ޙައްލުކުރެވޭނެ." ޝަހީމް ވިދާޅުވި އެވެ.

ސަލްމާން މިސްކިތުގެ އޭސީ ނިޒާމު ހައްލުކުރުމުގެ މަސައްކަތްތަކަށް ހަ މިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފަށައި، 2020 ގައި މަސައްކަތް ނިމުނު ސަލްމާން މިސްކިތް ބޭނުން ކުރަން ފެށީ 2022 ގެ ރޯދަ މަހުން ފެށިގެންނެވެ.