މާލޭގެ ކެފޭއެއްގައި ކްރިސްމަސް ފާހަގަކުރަން ހަރުކުރި ތަކެތި ފުލުހުން ނަގައިފި އެވެ.
ކްރިސްމަސް ފާހަގަކުރަން ހުޅުމާލެ ފޭސް 2 ގައި ދާދިފަހުން ހުޅުވި ރެސްޓޯރެންޓެއްގައި ތަކެތި ހަރުކޮށް ޒީނަތްތެރިކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ދައުރުވެފަ އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން އެ ތަކެތި މިހާރު ނަގާފައިވާ ކަމަށެވެ.
ކްރިސްމަސް ފާހަގަކުރުމަށްޓަކާ އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ގެންދިޔުމަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން މަނާ ކަމެކެވެ.