Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ސ. އަތޮޅު މަދުރަސާގެ ދަރިވަރުންތަކެއް އިިންޑިއާ އަށް

އައްޑޫ ހުޅުމީދޫގައި ހިންގަމުން އަންނަ ސ. އަތޮޅު މަދުރަސާގެ ދަރިވަރުންތަކެއް ސްޓަޑީ ޓުއާއެއްގައި އިންޑިއާ އަށް އަށް ދަތުރެއްކޮށްފި އެވެ.

މި ދަތުރުގައި ބައިވެރިވީ އެ ސްކޫލްގެ ގްރޭޑް 10 ގައި "ޓްރެވެލް އެންޑް ޓޫރިޒަމް" ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ސ. އަތޮޅު މަދުރަސާ އިން ބުނީ ދަރިވަރުންގެ މި ތަޖުރިބާ ދަތުރަކީ ސްކޫލްގެ މިފަދަ ފުރަތަމަ ބޭރުގެ ތަޖުރިބާ ދަތުރު ކަމަށެވެ.

މި ދަތުރުގައި ސްކޫލްގެ ޓީމު ވަނީ އިންޑިއާގެ ޓޫރިޒަމްގެ ހާއްސަ ސަރަހައްދުތަކަށް ޒިޔާރަތް، އެ ގައުމުގައި ހިންގަމުން އަންނަ ތަފާތު ޓޫރިޒަމްތަކާ ގުޅޭ މައުލޫމާތު ހޯދައި، އަމިއްލަ އަށް އެކަންކަމުގެ ތަޖުރިބާ ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި އިކޯ ޓޫރިޒަމް، ކަލްޗަރަލް ޓޫރިޒަމް އަދި އެޑްވެންޗަ ޓޫރިޒަމް ހިމެނެ އެވެ.

ދަރިވަރުންގެ މި ތަޖުރިބާ ދަތުރާ ގުޅޭ ގޮތުން ސ. އަތޮޅު މަދުރަސާ އިން ބުނީ މިއީ "ޓްރެވެލް އެންޑް ޓޫރިޒަމް" ކިޔަވަމުން އަންނަ ދަރިވަރުންނަށް ވަރަށް ވެސް އަގުހުރި އެތައް މައުލޫމަތަކާއި އެތަކެއް ކަމެއް ދަސްވި ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.

އެހެންވެ މި ދަތުރުގައި ދަރިވަރުންނަށް ޓުއާ އާއި އެ ނޫން ވެސް އިންތިޒާމު ހަމަޖައްސައި ދިން އިންޑިއާގެ ކަމާބެހޭ އިދާރާތަކާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އަށް ސ. އަތޮޅު މަދުރަސާ އިން ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.