Last Updated: April 20, 11:28
Sunday, April 20, 2025
ޚަބަރު

24-12-24؛ މިއަދުގެ ރީތި ތާރީހުގައި 52 ކައިވެނި

ފެމިލީ ކޯޓު ---

މިއަދުގެ ރީތި ތާރީހުގައި 52 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން ބުނެފައިވަނީ، މިއަދު އެ ކޯޓުން ރަސްމީގަޑީގައި 16 ކައިވެނި އަދި ނުރަސްމީގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުގެ ތާރީހު، 24-12-2024 އަކީ މިއަހަރުގައި އަންނާނެ އެންމެ ރީތި އެއް ތާރީހެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ނޮވެމްބަރު މަހު އެކޯޓުން 192 ކައިވެނި ކޮށްދީފައިވެ އެވެ. އަދި 95 ވަރި ކޮށްދީފައިވެ އެވެ. މީގެއިތުރުން އޮކްޓޯބަރު މަހު 205 ކައިވެނި ކޮށްދިންއިރު 148 ވަރިކޮށްދީފައިވެ އެވެ.