Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ޒަކާތް ދައްކަން ހާއްސަ ސޮފްޓްވެއާއެެއް ހަދަނީ

ޒަކާތް ދެއްކުމަށް ހާއްސަ ސޮފްޓްވެއާ ހެދުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

އެތަނުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަސް އަންނަންވާ އިރަށް އެ މަސައްކަތް ނިންމަން ޒަކާތު ހައުސްގެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އޮފިޝަލް ވިދާޅުވީ ޒަކާތަށް ހާއްސަ ސޮފްޓްވެއާއެއް ހަދައި ބޭނުން ކުރަން ފެށުމުން ފިތުރު ޒަކާތް ދައްކަން އާންމުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.

މި ސްފޮޓްވެއާގެ ސަބަބުން ޒަކާތާ ގުޅޭ އެންމެ ފަހުގެ ޑޭޓާތައް ލިބި، އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް އެކަމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ. އެތަނުން ބުނީ ބޭނުމަކީ ޒަކާތް ދެއްކުމާ ގުޅޭ ހުރިހާ މުއާމަލާތްތަކަކާއި ޒަކާތާ ގުޅޭ ޑޭޓާތައް ސޮފްޓްވެއާ އިން ލިބޭނެ ގޮތް ހެދުން ކަމަށެވެ.

އެހެންވެ މިއީ އެއް ޕްލެޓްފޯމަކުން ޒަކާތް ދެއްކުމުގެ މުއާމަލާތްތައް ފަހިވެގެން ދާނެ ވަރަށް ފަސޭހަ މަގަކަށް ވާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

ފިތުރު ޒަކާތް މިހާތަނަށް މައިގަނޑު ގޮތެއްގައި ދައްކަނީ މިނިސްޓްރީއަށާއި ކައުންސިލްތަކާއި މީރާ އާއި ދިރާގާއި އުރީދޫ މެދުވެރިކޮށެވެ.

ފިތުރު ޒަކާތާއި ދަލުގެ ޒަކާތަށް އާންމުން ހޭލުންތެރިކަން ވެސް ޒަކާތު ހައުސް އިން މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު މުދަލުގެ ޒަކާތް ދައްކާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ، މުދަލުގެ ޒަކާތަށް ލިބޭ ފައިސާ ވެސް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ދާދި ފަހުން އިސްލާމިކް މިނިސްޓަރު. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެ އެވެ.