އަންނަ މަހުން ފެށިިގެން ކުނީގެ ބިލު، ކަރަންޓް ބިލާ އެއްކޮށް ފޮނުވަން ހަމަޖެހިފައިވާތީ މިކަމަށް އާންމުން ހޭލުންތެރިކަން ވެކްކޯގެ އައްޑޫ މުވައްޒަފުން ގޭބިސީތަކަށް ޒިޔާރަތް ކުރަން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އައްޑޫގެ ހުރިހާ އަވަށެއްގެ ގޭބިސީތަކަށް ވެސް މުވައްޒަފުން ގޮސް، ގެންނަން އުޅޭ ބަދަލާއި އާންމުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކޮށް ދޭނެ ކަމަށެވެ.
އައްޑު އަށް ކަރަންޓްގެ ހިދުމަތް ދެނީ ފެނަކަ އިން ކަމަށްވާތީ ކުނީގެ ބިލް އަންނަ މަހު އަންނާނީ ކަރަންޓް ބިލާ އެކީގަ އެވެ. މި ބަދަލު އަންނާނީ އަންނަ މަހު 1 އިން ފެށިގެން ކަމަށް ފެނަކަ އިން ބުންޏެވެ.
ކަރަންޓް ބިލާ އެކު ކުނީެ ބިލް ފޮނުވަން އެންމެ ފުރަތަމަ ވެމްކޯ އިން ފެށީ މިދިޔަ އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގަ އެވެ. ވެމްކޯގެ ހިދުމަތްތައް ދޭ ރަށްރަށް އިތުރުވަމުން އަންނަ އިރު، ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަކޮށް ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ ވެމްކޯގެ އަމާޒެކެވެ.