Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ،. އެގޮތުން އެ ސަރަހައްދުތަކަށް ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 3:30 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މި ހަފުތާގެ ކުރީކޮޅު ބައެއް އުތުރާއި މެދު ރާއްޖެތެރގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ވެސް ލިބިފައިވެ އެވެ.