Last Updated: February 5, 20:23
Wednesday, February 5, 2025
ޚަބަރު

ވޯޓާ ސްޕޯޓްސް ދާއިރާ ކުރިއަރުވަން މަޝްވަރާތަކެއް

ރާއްޖޭގައި ވޯޓާ ސްޕޯޓްސް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށްފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އާއި މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރޮޓީ (އެމްއެންއެސްޑީއޭ) އާއި ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެގޮތުން ބައްދަލުވުމުގައި ވޯޓަރ ސްޕޯޓްސް ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއި އެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރާ މަރުކަޒުތަށް ރަޖިސްޓްރީ ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ އިތުރުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަށް ހިންގުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރި އެވެ.

ރާއްޖެއަށް މުޙިއްމު މިދަފަ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެމްއެންއެސްޑީއޭގެ އެއްބާރުލުމާއެކު، ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްތަކެއް އެކުލަވައިލުމާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް އަދި ތަފާތު އެކި ވޯކްޝޮޕްތަށް ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، އެ ދާއިރާގެ ތެރެއިން ވޯޓާ ސްޕޯޓްސް އަށް ބޮޑު ޑިމާންޑެއް އޮންކަން ފާހަގަކުރެވެ އެވެ. އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތް އަމިއްލަ އެކި ފަރާތްތަކުން ވެސް ފޯރުކޮށް ދެމުން ދެ އެވެ.