Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

އާ އަހަރާ ދިމާކޮށް ބީއެމްއެލް 5 ދުވަހަށް ބަންދު

އާ އަހަރާ ދިމާކޮށް ބޭންކް އޮފް މޯލްޑުވްސް މި މަހުގެ 31 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަސް ދުވަހަށް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބަންދަށް ފަހު އަލުން ގައުމީ ބޭންކްގެ ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ 5 އން ފެށިގެންނެވެ.

ބީއެމްއެލް އިން ބުނީ އާ އަހަރާ ދިމާކޮށް ބޭންކުގެ މައި އޮފީހާއި، ސާވިސް ސެންޓަރުތަކާއި ބްރާންޗުތައް ފަސް ދުވަހަށް ބަންދު ނަމަވެސް އޭޓީއެމްތަކާއި އިންޓަނެޓު ބޭންކިން އަދި ކޯލް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތްތައް ލިބޭނެ ކަމަށެވެ.