Last Updated: December 26, 18:21
Thursday, December 26, 2024
ޚަބަރު

އެކުވެރިކަމާއެކު ކަންކަމަށް ހައްލު ހޯދަން ޖެހޭ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އެކުވެރިކަމާއެކު ކަންކަމަށް ހައްލު ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެ ކާރިސާއާއެކު ރާއްޖެއަށާއި ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ހިޔާލު ތަފާތުވުންތައް ގިނަ މި ވަގުތުގައި އިންސާފުވެރިކަން ޤައުމުގައި ކަށަވަރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެކުވެރިކަމާއި އެކު ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނަ ގޮތަށް ކަންކަމަށް ހައްލު ހޯދަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ސުނާމީ ކާރިސާގައި ރާއްޖެއިން ޖުމުލަ 82 މީހަކު ނިޔާވިއިރު 26 މީހަކު ވީ ގޮތެއް ނޭނގި ގެއްލިފައިވެ އެވެ.

ސުނާމީ ކާރިސާއަށް 20 އަހަރު ފުރިފައިވާއިރު، އެ ދުަވސް ފާހަގަކުރަމުން އަންނަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ. މިއީ ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަމާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ.