ރާއްޖެ އަށް މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަން ހިފި އަމާޒު މިއަދު ހާސިލުވެ ދެ މިލިއަން ވަނަ ޓޫރިސްޓަޑް މަރުހަބާ ކިޔައިފި އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ޝަރުވެރިކޮށް ދެއްވި އެ ރަސްމިއްޔާތުގައި ދެ މިލިއަން ވަނަ ޓޫރިސްޓްގެ މަގާމު ލިބުނީ އޮސްޓްރިއާގެ އަންހެނަކަށެވެ.
އޭނަ ރާއްޖެ އައީ އާއިލާއާ އެކީގަ އެވެ.
އެ ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނެނީ އަހަރުގެ މިހާތަނަށް ޓޮޕް 5 މާކެޓް:
ޗައިނާ (261،821 ޓޫރިސްޓުން)،. ރަޝިއާ (217،724 ޓޫރިސްޓުން)، އިނގިރޭސިވިލާތް (176،312 ޓޫރިސްޓުން)، ޖަރުމަން (153،319 ޓޫރިސްޓުން) އަދި އިޓަލީ (136،916 ޓޫރިސްޓުން) އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު އައީ 1.8 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމަށް ފަހު، ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.