Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

ސިހުރުގެ ތުހުމަތުގައި މަރަދޫފޭދޫ ގެއެއް ފާސްކުރަނީ

މުނިސިޕަލް މުވައްޒަފުންތަކެއް މަރަދޫފޭދޫ ބޮޑުމަގު ސާފުކުރަނީ.

ސިހުރު އަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އައްޑޫ މަރަދޫފޭދޫ ގެއަކަށް ފުލުހުން ވަދެ ފާސްކުަން ފަށައިފި އެވެ.

ފުލުހުން ފާސްކުރަމުން އަންނަނީ އެ އަވަށު ބޮޑުމަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކައިރީގައި ހުރި ގެއެކެވެ. އެ ގެ ފާސްކުރާތީ ބައެއް މީހުން އެ ސަރަހައްދަށް އެއްވެފައިވެ އެވެ.

މަރަދޫފޭދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ފާސްކުރި ގެއަކީ ފަންޑިތަ ހެދުމުގެ މަސައްކަތްކުރާ އައްޑޫގެ ވަރަށް ގިނަ ބަޔަކު ދަންނަ މަރަދޫފޭދޫގެ ދުވަސްވީ ފިރިހެނެކެވެ. އަދި އޭނަ ސިހުރު ހަދާ ކަމަށް ތުހުމަތުކޮޑް، ފުލުހުންނަށް ރިޕޯޓްކުރީ ފިރިމީހާގެ އާއިލާއާ ގުޅުން އޮންނަ ބަޔަލު ކަމަށް ވެސް މަރަދޫފޭދޫގެ ބައެއް މީހުން ބުންޏެވެ.

ފުލުހުން އިއްޔެ އެ މީހާގެ ގެ ފާސްކޮށް، ފަންޑިތަ އާއި ސިހުރު ހަދާ ކަމަށް ބެލެވޭ ގިނަ ތަކެތި ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި އެކި ކަހަލަ ލިޔުންތަކާއި ޤުރުއާންގެ އާޔަތްތަކާއި ދުއާތައް ހިމެނޭ ފޮތްތަކާއި ލެޕްޓޮޕެއް ވެސް ހިމެނޭ ކަމަށް މަރަދޫފޭދޫ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.