Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

ސައިކޭޓްރީ ހިދުމަތް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް

ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ސައިކޭޓްރީ އާއި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރުި އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ އާއި އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު ނަފުސާނީ އެކި ކަހަލަ ކަންކަން ކުރިމަތިވަމުންދާ މީހުން ގިނަ ކަމަށެވެ. ނަމަވެސް އެފަދަ މީހުންނަށް ފަރުވާ އާއި އެހީތެރިކަމާއި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެނީ މިހާރު ލިބެނީ ހަމައެކަނި މާލެއިންނާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.ް

އެހެންވެ ރަށްރަށުން ހިދުމަތް ނުލިބި، ބޮޑު ހަރަދުކޮށްފައި މާލެ ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ މިކަން ނިމުމަކަށް ގެންނަން އަތޮޅުތަކުގައި ސައިކޭޓްރީ އާއި ސްޕީޗް ތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ހާރު ކުރިއަށްދާ ކަމަށެވެ.

"ރައްޔިތުންގެ ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް މި ކަމަށް. ރާއްޖޭން ބޭރުން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން."
މިނިސްޓަރު ވިދާޅުވި އެވެ.