Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

ޑްރަގް ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ދެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގް ބަލައި ފާސްކޮށް ހައްޔަރުކުރީ ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ކަމަށެވެ. ހައްޔަރުކުރި ދެ މީހުންނަކީ މާލެ، މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް، 41، އާއި ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުޙައްމަދު އިވާން، 23، އެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްވިންގް ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމްގެ އިތުރުނ ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. އަދި އެ މީހުންގެ 24،110ރ. ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ..

މި މައްސަލައިގައި ހައްޔަރުކުރި ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.

މި މައްސަލަ އަންނަނީ އިތުރު ތަހުގީގު ކުރަމުންނެވެ.