ފޮޓޯ އިން އެ ފެންނަނީ އިއްޔެގެ ހުކުރު ނަމާދަށް އިސްމިކް މަރުކަޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އިންނެވި ތަނެވެ. ކުރީ ސަފުގައި އެ މަނިކުފާނު އިންނެވި އިރު ދެ ފަރާތުން ގާތުގައި އެއްވެސް މީހަކު ނެތެވެ. ސަފުތަކުގައި ތިބެން ޖެހެނީ ގާތްގާތުގައި ކަމަށް ވިޔަސް ރައީސްގެ "ހައިބަތު ބޮޑުކަމުން" މިސްކިތް ތެރެއިން ވެސް މި ފެނުނީ ފެންނަން ނުވާ ކަހަލަ މަންޒަރެކެވެ. ގިނަ ބަޔަކު މި މަންޒަރު ސިފަކުރި ގޮތަކީ އެއީ އެވެ.
މި ވާހަކަ މިގޮތަށް ސޯޝަލް މީޑިއާގައި ދެއްކެވީ ކުރިން އިސްލާމިކް މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އަހުމަދުﷲ ޖަމީލެވެ. އޭނަގެ ޕޯސްޓްގައި ވިދާޅުވީ އިސްލާމް ދީނުގައި އޮންނަ ހަމަހަމަކަން އެންމެ ބޮޑަށް ހާމަވާނީ މިސްކިތްތަކުގައި ސަފު ހަދަން އޮންނަ އުސޫލުން ކަމަށެވެ.
Islaam dheenu gai onna hama hama kan emme bodah haama vanee miskithu gai safu hadhan onna usoolun. Kairi kairee gai thiben nufoozu gadha meehaku nuvatha nikamethi meehaku thafaatheh nu gengulhevey. RASKALUN GE DHUVAS. pic.twitter.com/7OzyjYAwxR
— Ahmedhullah Jameel (@adjameel) December 27, 2024
އެހެންވެ ކައިރި ކައިރީގައި ތިބެން ނުފޫޒު ގަދަ މީހަކު ނުވަތަ ނިކަމެތި މީހަކު ތަފާތެއް ނުގެންގުޅެވޭނެ ކަމަށް ވިދާޅުވި އެވެ.
"[މިހާރު މި ފެންނަނީ] ރަސްކަލުންގެ ދުވަސް." އަހުމަދުﷲ ވިދާޅުވި އެވެ.
އޭނަގެ މި ވާހަކައިގެ ރައްދުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު އަދި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބެ ޝައިހް މުހައްމަދު ލަތީފު ވިދާޅުވީ އަބަދު ވެސް އިސްލާމީ މަރުކަޒުގައި ވެސް އަދި އެ ނޫން މިސްކިތްތަކުގައި ވެސް އިމާމުންނާއި މުދިމުންނާއި ވެރިން ވަޑައިގަންނަވާ އިރު އެ މީހުންނަށް ވަކި ތަނެއް ހަމަޖައްސާފައި ހުންނަ ކަމަށެވެ.
Abadhuves islaamee marukazu gai ves adhi e noon miskiththaku gai ves imaamunnaai, mudhimunnaai, verin vadaigannavaairu emeehunnah vaki thaneh hurey, e ee adhuge SARUKAARU GE Kameh noonkan engey meehaku mi fadha thuhumatheh kurun varah naa thahuzeebu. adhi mi ee hama budhdheege…
— Muhammad Latheef (@Muhammad_lathyf) December 27, 2024
އެހެންވެ މިއީ ހަމައެކަނި މިއަދުގެ ސަރުކާރުން ގެންގުޅޭ އުސޫލެއް ނޫން ކަމަށާއި އެކަން ބޮޑުކޮށްލައިގެން ތުހުމަތުތަކެއްކޮށް ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވިދާޅުވި އެވެ.
"…ހަސަދަވެރިކަން ދޫކޮށްލުން ތިމާގެ ހިތަށް ފަސޭހަވާނެކަން ކަށަވަރު." ލަތީފު ވިދާޅުވި އެވެ.